ވިޔަފާރި / ޚަބަރު

ވީއައިއޭގެ އައު ޓާމިނަލުން 'ފްލައި ދުބާއީ' އަށް ވެސް ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓާމިނަލުން 'ފްލައި ދުބާއީ' އަށް ވެސް ޚިދުމަތް ދޭން ފަށައިފި

ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޮކްޓޯބަރު 2025، 01:46

30 އޮކްޓޯބަރު 2025، 01:46

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން 'ފްލައި ދުބާއީ' އަށް ވެސް ޚިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން ފްލައި ދުބާއީ އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ފްލައި ދުބާއީގެ އެއާޕޯޓް މެނޭޖަރާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިންނާއި، އޮފިޝަލުންނާއި، ފްލައި ދުބާއީގެ ޗެކިންގ ކައުންޓަރގައި ހަރަކަތާތްތެރިވާ މުޒައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި، ފްލައި ދުބާއީގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި މި އެއަރލައިނުގެ މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.

ފްލައި ދުބާއީއަކީ ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 17 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން