Ads by Stelco

ޚަބަރު

ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ރަސްމީކޮށް ހުޅުވައިފި

ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓު ރަސްމީކޮށް ހުޅުވައިފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޮކްޓޯބަރު 2025، 08:06

30 އޮކްޓޯބަރު 2025، 08:06

ދ. މީދޫގައި މިފްކޯއިން ޤާއިމުކޮށްފައިވާ 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ތަން ރަސްމީކޮށް ހުޅުއްވައިދެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ. މިކަމަށްޓަކައި މީދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރު އާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް އާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނަވާފަ އެވެ.

ދ. މީދޫގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. ހަމަ އެއާއެކު، ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން