ވިޔަފާރި / ޚަބަރު

ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނަކަށް 'ޔޫއެސް-ބަންގްލާ އެއާލައިންސް'

ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނަކަށް 'ޔޫއެސް-ބަންގްލާ އެއާލައިންސް'

ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ނޮވެމްބަރު 2025، 11:10

03 ނޮވެމްބަރު 2025، 11:10

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން 'ޔޫއެސް-ބަންގްލާ އެއާލައިންސް' އަށް ވެސް ޚިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސް ގެ އެއާޕޯޓް މެނޭޖަރާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިންނާއި، އޮފިޝަލުންނާއި، ޔޫއެސް-ބަންގްލާ އެއާލައިންސް ގެ ޗެކިންގ ކައުންޓަރގައި ހަރަކަތާތްތެރިވާ މުޒައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި، ޔޫއެސް-ބަންގްލާ އެއާލައިންސް ގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި މި އެއަރލައިނުގެ މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސް އަކީ، ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 20 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން