ކޮލަމް / ދުނިޔެ

ބަނޑުގައި ޖަހާ ސަރުބީ ނައްތާލާ ފެނެއް އުފައްދައިފި !

ބަނޑުގައި ޖަހާ ސަރުބީ ނައްތާލާ ފެނެއް އުފައްދައިފި !

ސަންޓޯރީން އުފެއްދި ފެން ފުޅި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 04:47

04 ނޮވެމްބަރު 2025، 04:47

ތަފާތު އެކި ބުއިންތައް އުފައްދާ ޖަޕާނުގެ މަޝްހޫރު ކުންފުނި ސަންޓޯރީން، ބަނޑުގައި ޖަމާވާ ސަރުބީ، ޚާއްސަކޮށް ވިސެރަލް ފެޓް  ނައްތާލަން އެހީޗާ ޚާއްސަ ބާވަތެއްގެ ފެނެއް ކަމަށްވާ "ސްޕެޝަލް ވޯޓަރ"  ތައާރަފުކޮށްފިއެވެ. މި އުފެއްދުން ތައާރަފުކޮށްފައިވަނީ ޖަޕާނުގައެވެ.

މި "ސްޕެޝަލް ވޯޓަރ" އަކީ އާދައިގެ ފެންފަދައިން ހުދުކޮށް، ސާފުކޮށް ހުންނަ ފެނެއް ނަމަވެސް، ޖަޕާނުގެ ގާނޫނުތަކުގެ ދަށުން މިއީ "ފަންކްޝަނަލް ފުޑް"  ގެ ގޮތުގައި ބެލެވޭ އުފެއްދުމެކެވެ. މި ކެޓަގަރީގެ ދަށުން ޞިއްހީ ފައިދާތަކެއް ހުންނަ ކަމަށް އިޝްތިހާރު ކުރުމުގެ ހުއްދަ ލިބެއެވެ.

ސަންޓޯރީއިން ބުނާގޮތުގައި، މި ފެން އުފައްދާފައިވަނީ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނާއި، ދިރިއުޅުމުގެ އާދަޔާ ޚިލާފު ޝެޑިއުލްތަކެއް ހުންނަ މީހުންނަށް އަމާޒުކޮށެވެ. އެއީ މިފަދަ މީހުންގެ ބަނޑުގައި ސަރުބީ ޖަމާވުމުގެ މައްސަލަ ގިނައިން ދިމާވާތީއެވެ. މި ފެނަކީ ބަނޑުގައި ޖަމާވާ ސަރުބީ މަދުކުރުމަށް އެހީވެދޭނެ އުފެއްދުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި "ސްޕެޝަލް ވޯޓަރ" ގެ ތެރޭގައި އެޗް.އެމް.ޕީ.އޭ އެކުލެވެއެވެ. މިއީ ފަރމެންޓް ކުރެވިފައިވާ ހަނޑުލުން  އުފެދޭ ކުޑަ މޮލިކިއުލް އެއް ކަމަށާއި، ބަނޑުގައި ޖަމާވާ ސަރުބީ މަދުކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށް ސަންޓޯރީއިން ހާމަކުރެއެވެ. ރަސްމީ ކްލިނިކަލް ދިރާސާތަކުން ދައްކާގޮތުގައި، ބީ.އެމް.އައި  މަތި މީހުންނަށް ގަވައިދުން އެޗް.އެމް.ޕީ.އޭ ބޭނުންކުރުމުން ބަނޑުގައި ސަރުބީ ހުންނަ މިންވަރު ރަނގަޅުކޮށްދެއެވެ.

މި "ސްޕެޝަލް ވޯޓަރ" އަކީ އާދައިގެ ބޯފެނާ ވަރަށް އެއްގޮތް އުފެއްދުމެކެވެ. މިއީ ކުލައެއް ނުހުންނަ، ސާފުކޮށް ހުންނަ، އެއްވެސް ރަހައެއް ނުހުންނަ، ޒީރޯ ކެލޮރީގެ، ހަކުރު ނުހިމެނޭ، އަދި ކެފެއިން ވެސް ނުހިމެނޭ ބުއިމެކެވެ. 600 މިލިލީޓަރުގެ މި ފެން ބިއްލޫރި ފުޅިއެއް ޓެކްސް ނުހިމަނާ 150 ޔެން (ގާތްގަނޑަކަށް 1 ޑޮލަރު) އަށް ވިކުމަށް ހަމަޖައްސާފައިވާއިރު، މިއީ ގިނަ ބަޔަކަށް ގަނެވޭނެ އަގެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން