ދުނިޔެ

ސިޔާސީ ގޮތުން ގެއްލުންވިޔަސް ހަނގުރާމައިގެ ނިންމުން އަލުންވެސް ނިންމާނަން: ޓްރަމްޕް

ސިޔާސީ ގޮތުން ގެއްލުންވިޔަސް ހަނގުރާމައިގެ ނިންމުން އަލުންވެސް ނިންމާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 ނޮވެމްބަރު 2026، 10:08

19 ނޮވެމްބަރު 2026، 10:08

ސިޔާސީ ގޮތުން ގެއްލުންވިޔަސް، އީރާނާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމަށް ނިންމި ނިންމުން އަލުން ވެސް ނިންމާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، މަޝްވަރާތަކުގެ ތެރެއިން އީރާނާއެކު އެކުލަވާލެވުނު ފަހުމުނާމާގެ (އެމްއޯޔޫ) ސަބަބުން ކަންކަމަށް ލަސްތަކެއް އައިސްފައިވާ ނަމަވެސް، އީރާނުގެ އޮފިޝަލުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫންކަން ކަށަވަރު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި އަހަރުމެނަށް އެ މީހުން ވަރަށް ރަނގަޅަށް ދަސްވި، އަދި އެއީ އިތުބާރު ކުރެވޭނެ ބައެއް ނޫންކަން ވެސް އެނގިގެންދިޔަ،" އީރާނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ބުންޏެވެ.

ހަނގުރާމައާ މެދު އަމަލުކުރި ގޮތް ދިފާއުކުރަމުން ޓްރަމްޕް އިތުރަށް ބުނީ، މުސްތަގުބަލުގައި އޭނާގެ މި ނިންމުންތަކަށް ތައުރީފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިފަދަ ހާލަތެއް އަލުން ކުރިމަތިވެއްޖެ ނަމަވެސް ނިންމާނީ ހަމަ މި ނިންމުން ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން، މި ހަމަނުޖެހުމުގެ ސަބަބުން އިންތިހާބުތަކަށް އަސަރުކުރި ކަމަށް ޓްރަމްޕް އެއްބަސްވި ނަމަވެސް، ގައުމީ ސަލާމަތާއި ގުޅުންހުރި ބޮޑެތި ނިންމުންތައް ނިންމުމުގައި ސިޔާސީ ފައިދާއަށް ނުބަލާނެ ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ބުނެފައެވެ.

ޓްރަމްޕްގެ މިހެން ބުނެފައި ވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާ އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި ނިކުމެދާނެ ނަތީޖާތަކާއި މެދު ބަހުސްތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. 

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ސަރަޙައްދީ ނުފޫޒާއި، އަދި ސަލާމަތީ ކަންބޮޑުވުންތަކާއި ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އަދިވެސް އޮތީ ވަރަށް ބޮޑުވެފައެވެ. މި މައްސަލަތައް ޙައްލުކުރުމަށް ޑިޕްލޮމެޓިކް ގޮތުން ތަކުރާރުކޮށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ދެ ފަރާތުގެ މެދުގައި އެއްވެސް އިތުބާރެއް ނެތުމުގެ ސަބަބުން މިކަމުގައި ވަނީ ހުރަސްތަކާއި ކުރިމަތިލާންޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450