ޚަބަރު
ރެއި ހިތަދޫގައި ފުލެޓަކުން ވެއްޓުނު އަންހެން ކުއްޖާއަށް ދަނީ ހަސްފަތާލުގައި ފަރުވާދެމުން: ފުލުހުން
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް.
ފަރުދުން
05 ނޮވެމްބަރު 2025، 03:39
05 ނޮވެމްބަރު 2025، 03:39
އައްޑޫ ހިތަދޫ ފުލެޓެއްގެ މަތީން ވެއްޓި، އަންހެން ކުއްޖަކަށް ރެއި އަނިޔާވެފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހިތަދޫގެ 14 ވަނަ ޓަވަރުގެ 2ވަނަ ފަންގިފިލައިން ކުއްޖަކު ވެއްޓިގެން ރިޕޯޓުކުރީ ރެއި ދަންވަރު 12:00ހައިއިރެވެ. އެ ޙާދިޘާގައި ޒަޚަމުވެފައިވަނީ 15 އަހަރުގެ ކުއްޖެކެވެ.
އެ ކުއްޖާއަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައި ފަރުވާދެވެމުން ދެއެވެ.
އެ ހޮސްޕިޓަލުން ބުނީ، ކުއްޖާގެ ޙާލު މިހާރު ރަނގަޅު ނަމަވެސް، އިތުރު ތަޙުޤީޤުތަކެއް ކުރަމުންދާ ކަމަށެވެ.
އެކި ވަރުގެ އަނިޔާ ލިބިފައިވޭ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު
ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ޢިމާރާތަކުން މީހަކު ވެއްޓި، ނިޔައުވެފައިވެއެވެ. އަދި މާލޭގެ ޢިމާރާތެއްގެ 6ވަނަ ފަންގިފިލައިން ވައި ގޮޅިއަށް ވެއްޓުނު މީހަކު ވެސް ރެއިގައި ވަނީ ނިޔައުވެފައެވެ.