ވިޔަފާރި / ޚަބަރު

އަންހެން ވިޔަފާރިވެރިންނަށް ހިތްވަރު ދިނުމަށް އެސްޑީއެފްސީން ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް ހުށަހެޅުމަށް ހުޅުވާލައިފި

އަންހެން ވިޔަފާރިވެރިންނަށް ހިތްވަރު ދިނުމަށް އެސްޑީއެފްސީން ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް ހުށަހެޅުމަށް ހުޅުވާލައިފި

އަންހެން ވިޔަފާރިވެރިންތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ނޮވެމްބަރު 2025، 12:56

06 ނޮވެމްބަރު 2025، 12:56

އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ފަރުމާކޮށްފައިވާ އައު ފައިނޭންސިންގ ސްކީމަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެސްޑީއެފްސީން ވިދާޅުވީ، މި މަޝްރޫޢުގެ މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި، ވިޔަފާރީގައި ޙަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. ހަމަ އެހެންމެ، މި ސްކީމުގެ ދަށުން ވިޔަފާރި މުޅިން އަލަށް ފެށުމަށާއި، މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް ފައިނޭންސިންގ ފޯރުކޮށްދޭނެކަމަށް އެސްޑީއެފްސީން މަޢުލޫމާތުދެއެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއްކަމަށެވެ. ހަމަ އެހެންމެ، މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިޤްތިޞާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

އެޕްލިކޭޝަން ބަލައިގަތުން ފެށުމާއެކު، ގިނަ އަންހެން ފަރާތްތަކަށް މި ޚާއްޞަ ފުރުޞަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންދާނެ. އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާޞިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ.

ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

އެސްޑީއެފްސީން ފަރުމާކޮށްފައިވާ މި އައު ސްކީމްގެ ދަށުން، ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭއިރު، މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެސްޑީއެފްސީން މަޢުލޫމާތުދެއެވެ. އަދި އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ ފެސިލިޓީގެ ފައިދާ ރޭޓަކީ އަހަރަކު %9.5 އަށް ވާއިރު، މިކަމުގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަޞީލަތްތައް ލިބިގެންދާނެއެވެ.

އެސްޑީއެފްސީން ވިދާޅުވީ، މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު، އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ވެސް ފައިނޭންސިންގ ދޫކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން