ވިޔަފާރި / ޚަބަރު
ރާއްޖެއަށް ވޮންޑަލަސްޓް އެވޯޑްސް 2025 ގެ "މޮސްޓް ޑިސައަރަބަލް އަިއިލެންޑް" ކެޓަގަރީން ބްރޮންޒް އެވޯޑް ލިބިއްޖެ
ވޮންޑަލަސްޓް އެވޯޑްސް 2025 ގެ " މޮސްޓް ޑިޒައަރަބަލް އައިލެންޓް" ކެޓަގަރީން ދިވެހިރާއްޖެއަށް ބްރޮންޒް އެވޯޑް
ދުނިޔޭގެ ފަތުރުވެރިކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުން، ވޮންޑަލަސްޓް އެވޯޑްސް 2025 ގެ " މޮސްޓް ޑިޒައަރަބަލް އައިލެންޓް" ކެޓަގަރީން ދިވެހިރާއްޖެއަށް ބްރޮންޒް އެވޯޑް ލިބިއްޖެއެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މިއަހަރުގެ ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ފެއަރ ނިމިގެންދިޔައީ ބޮޑު ކާމިޔާބީއަކާއެކުގައި ކަމަށާއި، މި ފެއަރގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ ޑަބްލިއުޓީއެމް ފެއަރގެ ފަހު ދުވަހު ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
އިނގެރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ކަމަށްވާ ވޯލްޑް ޓްރެވަލް މާޓްގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެފައިވެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި، މި ކުންފުނިތަކުން ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާފައިވާނެ ކަމަށެވެ.
The Maldives has been awarded Bronze for Most Desirable Island Destination at the Wanderlust Awards 2025. 🌴
— Visit Maldives Corporation (@visitmaldivesco) November 7, 2025
Thank you to all our partners and supporters who continue to help us share the beauty of the Maldives with the world. 💙 pic.twitter.com/Tg9HrHg00m
މިއަހަރުގެ މަޢުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި މައުރަޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގިރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިއަހަރުގެ ޑަބްލިއުޓީއެމް ކާމިޔާބު ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ކާމިޔާބީއާއި ޑަބްލިއުޓީއެމް ފެއަރގެ ކާމިޔާބީއާ ގުޅިގެން ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ރީތިކަން ދުނިޔެއާ ހިއްސާކުރުމަށް އެހީތެރިވެދޭ ހުރިހާ ބައިވެރިންނަށާއި، އެހީތެރިވެދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.