Ads by Stelco

ޚަބަރު

ހުޅުމާލެއަށް ޚާއްސަ "އައިލަވް އެޗްއެމްއެލް" މޮނިއުމަންޓެއް ސެންޓްރަލް ޕާކުގައި ބަހައްޓައިފި

ހުޅުމާލެއަށް ޚާއްސަ "އައިލަވް އެޗްއެމްއެލް" މޮނިއުމަންޓެއް ސެންޓްރަލް ޕާކުގައި ބަހައްޓައިފި

ސެންޓްރަލް ޕާކުގައި ބަހައްޓާފައިހުރި މޮނިއުމަންޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ނޮވެމްބަރު 2025، 02:04

09 ނޮވެމްބަރު 2025، 02:04

ހުޅުމާލެއަށް ޚާއްސަކޮށް، ހުޅުމާލެ ފަތުރުވެރިކަމަށް އިޝްތިހާރު ކުރުމުގެ ބޭނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި "އައިލަވް އެޗްއެމްއެލް"ގެ ނަމުގައި މޮނިއުމަންޓެއް ބަހައްޓައިފިއެވެ. މި މޮނިއުމަންޓް ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.

މި މޮނިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފަހުން ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެޗްޑީސީން ބުނީ މި މޮނިއުމަންޓް ބެހެއްޓުމުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ މުހިންމު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުން ކަމަށެވެ.

އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ މަލްޝާ ޝަރީފް ވިދާޅުވީ، "އައިލަވް އެޗްއެމްއެލް" މޮނިއުމަންޓަކީ ދުނިޔޭގެ އެހެން ބޮޑެތި ޤައުމުތަކުގައި ބޭނުންކުރާ އައިކޯނިކް އައިޑެންޓިޓީތަކާ އެއްގޮތަށް ހުޅުމާލެއަށް ޚާއްސަ އައިޑެންޓިޓީއެއް ދިނުމުގެ މަސައްކަތުގެ ބައެއް ކަމަށެވެ. މަލްޝާ އިތުރަށް ވިދާޅުވީ، ނިއުޔޯކް ސިޓީއަށް "އެންވައި" (NY) ކިޔާ އުޅޭ ފަދައިން، ކުރިއަށް އޮތްތަނުގައި "އެޗްއެމްއެލް" (HML) އަކީ ހުޅުމާލެކަން ދުނިޔެއަށް އަންގައިދޭ ނަމަކަށް ހެދުމަށް އެޗްޑީސީން ބޭނުންވާ ކަމަށާއި، މިގޮތުން ހުޅުމާލެ ސިޓީއެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުމާލެ ރަމްޒުކޮށްދޭ ގޮތަށް މޮނިއުމަންޓްތައް ބަހައްޓާނެ ކަމަށްވެސް ހާމަކޮށްފައެވެ. އެގޮތުން "އައިލަވް ހުޅުމާލޭ"ގެ އިތުރުން "މަގޭ ހުޅުމާލެ"ގެ އެކި ކަހަލަ މޮނިއުމެންޓްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެއަކީ ރައްޔިތުންނަށް ދިރިއުޅުމަށް ހިތްފަސޭހަ އަދި ޒަމާނީ ސިޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން