Ads by Stelco

ޚަބަރު

ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ހިތަދޫގައި ކާރެއްގައި ރޯވެ އަނދަނީ / ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

13 ނޮވެމްބަރު 2025، 08:40

13 ނޮވެމްބަރު 2025، 08:40

އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފައިވާ ގޮތުގައި، ރޯވި އަލިފާންގަނޑު ނިއްވާލީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެގެންނެވެ.

އަދި މި ހާދިސާގެ ރިޕޯޓު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ ބުދަދުވަހުގެ ރޭގެ 22:45 ހާއިރު ކަމަށާއި، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އޭގެ 26 މިނެޓު ފަހުން 23:11ގައި ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

ބުދަދުވަހުގެރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން