Ads by Stelco

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މުޙައްމަދު އަލަމިން މިއާ ފޮޓޯ: ޕޮލިސްް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ނޮވެމްބަރު 2025، 11:14

16 ނޮވެމްބަރު 2025، 11:14

ފުލުހުން ތަހުގީގު ކުރަމުންދާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މުޙައްމަދު އަލަމިން މިއާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އަލަމިން މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ސިނގިރޭޓުގެ ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ތަކެތި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން