Ads by Stelco

ޚަބަރު

ފުނަދޫއަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

ފުނަދޫއަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

މޯލްޑިވިއަން އެއަރލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ނޮވެމްބަރު 2025، 11:37

17 ނޮވެމްބަރު 2025، 11:37

ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ށ. ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ. މިއަދުން ފެށިގެން، ފުނަދޫއަށް ހަފްތާއަކު 4 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަރުދުން މީޑިއާއަށް  މައުލޫމާތު ދެއްވަމުން މޯލްޑިވިއަން އިން ހާމަކުރެއްވި ގޮތުގައި، މި ދަތުރުތައް ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކުރެވޭނެއެވެ.

މީގެ ކުރިން މޯލްޑިވިއަނުން ފުނަދޫ އެއަރޕޯޓަށް ކުރަމުންދިޔައީ، ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ބަދަލާއެކު ފުނަދޫއަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުވެ، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެއެވެ.

ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުގެ ފެބްރުއަރީގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ، މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. މި އެއަރޕޯޓުގައި ހަދާފައިވަނީ، ދިގުމިނުގައި 1200 މީޓަރު ހުންނަ އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ ރަންވޭއެކެވެ. މީގެ އިތުރުން 90 މީޓަރުގެ ޓެކްސީ ވޭއަކާއި، 50 މީޓަރުގެ އޭޕްރަން އެއްވެސް މި އެއަރޕޯޓުގައި ހަދާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން