Ads by Stelco

ޚަބަރު

މެރިން ހެޗަރީ ސްކިލްސް ޕްރޮގްރާމުން 53 މީހުން ތަމްރީނުވެއްޖެ

މެރިން ހެޗަރީ ސްކިލްސް ޕްރޮގްރާމުން 53 މީހުން ތަމްރީނުވެއްޖެ

މެރިން ހެޗަރީ ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ފޮޓޯ: ވުޒާރާ / ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ނޮވެމްބަރު 2025، 01:13

19 ނޮވެމްބަރު 2025، 01:13

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި، "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް 53 މީހުން ތަމްރީނުކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ފާނަ އާލާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ގުޅިގެން، ވަރލްޑް ބޭންކުގެ އެހީގައި ހިންގާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކޮށް، އާލާކުރުމުގެ (މެރިކަލްޗަރ) ދާއިރާގައި ހުނަރުވެރި މީހުން އުފެއްދުމުގެ މުހިންމު މަސައްކަތެކެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި "ބޭސިކް މެރިކަލްޗަރ ޓްރެއިނިން ޕްރޮގްރާމް"ގެ 4 ބެޗެއް ކުރިއަށްގެންގޮސްފައިވާ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމްތަކަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.

މި ކޯސްތަކުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަކުގެ ތެރޭގައި:

  • އެކުއަކަލްޗަރގެ ނިޒާމުތައް
  • ދިރޭ ކާނާ އާލާކުރުން
  • މަހުގެ ބަޔޮލޮޖީ
  • ފާނަ އާލާކުރުން
  • ހުއިފިލަނޑާ އާލާކުރުން
  • ދިވެހި މާގަނޑު މަސް އާލާކުރުން
  • އިތާމުތް އާލާކުރުން
  • މޫދުވިނަ ހަދައި އާލާކުރުން
  • އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
  • އެކުއަކަލްޗަރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން


މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މީގެ އިތުރުން މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމުގެ ބޭނުމުގައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން