ކުޅިވަރު
މުޅިން އަލަށް ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ގުރުއަތުލުން ބާއްވައިފި، ރާއްޖޭގެ ދެ ޓީމު ކުޅޭ!
ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން / ފޮޓޯ: އެމްއެފްއެފް
މުޅިން އަލަށް ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ގުރުއަތުލުން ބުދަ ދުވަހު ބާއްވައިފިއެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން އަދި އަންހެން ފުޓްސަލް ޓީމު ވާދަކުރާނެއެވެ.
އަންހެން އަދި ފިރިހެން މުބާރާތުގައި ވެސް ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބޫޓާން، ޕާކިސްތާން، ބަނގްލަދޭޝް އަދި ނޭޕާލް ވާދަކުރެއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ ޕާކިސްތާންއާއެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ ފިރިހެނުންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14-26 ޖެނުއަރީއަށް ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ މެޗުތައް:
- 14 ޖެނުއަރީ 2026: ރާއްޖެ – ޕާކިސްތާން
- 16 ޖެނުއަރީ 2026: ރާއްޖެ – ބަނގުލަދޭޝް
- 20 ޖެނުއަރީ 2026: ރާއްޖެ – އިންޑިއާ
- 22 ޖެނުއަރީ 2026: ރާއްޖެ – ނޭޕާލް
- 26 ޖެނުއަރީ 2026: ރާއްޖެ - ސްރީލަންކާ
ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13-25 އަށެވެ. މި މުބާރާތުގެ މެޗުތައް ވެސް ކުޅޭނީ، ފިރިހެނުންގެ މެޗުތައް ކުޅޭ ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ.
އެގޮތުން މުބާރާތް ފަށާނީ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗު އޮންނާނީ 13 ޖެނުއަރީގައެވެ.
ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ މެޗުތައް:
- 13 ޖެނުއަރީ 2026: ރާއްޖެ – އިންޑިއާ
- 15 ޖެނުއަރީ 2026: ރާއްޖެ – ނޭޕާލް
- 17 ޖެނުއަރީ 2026: ރާއްޖެ – ޕާކިސްތާން
- 21 ޖެނުއަރީ 2026: ރާއްޖެ – ބޫޓާން
- 25 ޖެނުއަރީ 2026: ރާއްޖެ - ބަންގުލަދޭޝް