ޚަބަރު
މާއުނގޫދޫ ބަނދަރުގެ 76 އިއްސައްތަ މަސައްކަތް ނިމިފައި، ހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި
މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ އަދާހަމަ.
ފަރުދުން
24 ނޮވެމްބަރު 2025، 06:30
24 ނޮވެމްބަރު 2025، 06:30
ށ. މާއުނގޫދޫ ބަނދަރު ހެދުމަށް ބޭނުންވާ ހިލައިގެ ހަތަރުވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން މިއަދު ބުނެފިއެވެ.
އެމް.ޓީ.ސީ.ސީ.އިން ބުނީ، ހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ރަށަށް މިހާރު ފޯރުކޮށްދީފައި ވާކަމަށެވެ. އަދި ބަނދަރުގެ މުޅި މަސައްކަތުގެ ޖުމްލަ 76 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 59،013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3،245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1500 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ 56.79 މިލިއަން ރުފިޔާ ޚަރަދުވާ މަސައްކަތެކެވެ.
މާއުނގޫދޫ ބަނދަރު ތަރައްޤީކޮށް ނިމުމުން، އެ ރަށު މީހުންނަށް ދިމާވަމުންދާ ލަފާފުރުމުގެ ދަތިތައް ޙައްލުވެގެން ދާނެއެވެ. ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދުއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ޙައްލުވުމުން، އިޤުތިޞާދީ ލާބައަށް މަހުފަހިވެގެންދާނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެމް.ޓީ.ސީ.ސީ.އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައެވެ. 1980ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމް.ޓީ.ސީ.ސީ.އިން އަންނަނީ މައި ދައުރެއް އަދާކުރަމުންނެވެ.
Project Update: Design and Build of Sh. Maaungoodhoo Harbour Construction
— MTCC Plc (@MTCCPlc) November 24, 2025
Fourth shipment of rock boulders required for the project have been delivered to the project site. Overall project progress has reached 76%.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects… pic.twitter.com/iRorGugntJ