ޚަބަރު
ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
މީގެ ކުރިން ބޭއްވި ޒުވާނުންގެ އެވޯޑު ދިނުމުގެ ހަފްލާއެއް ތެރެއިން/ ފޮޓޯ : މިނިސްޓްރީ
ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތް އެމްޕަވަމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައި ވަނީ ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 22 ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަނޑި އަކީ 31 ޑިސެންބަރު 2026 ކަމަށެވެ.
މި އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ވެލާނާގެ 3 ވަނަ ފަންގިފިލާގެ ރިސެޕްޝަނުންނާއި މި ލިންކުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ނަމަ މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވެސް ޔޫތް މިނިސްޓްރީން އެދިފައިވެއެވެ.
ޒުވާނުންގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- ވިޔަފަރި އާއި އިގްތިސާދު
- ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލިޖީ އަދި ޑިޖިޓަލައިޒޭޝަން) ދާއިރާ
- އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
- ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިންް)
- ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި
- މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމަށް މަސައްކަތްކުރުން
- ދިވެހި ބަސް ކުރިއަރުވައި އާލާކުރުން
- ދިރާސާ ކުރުން އަދި އާ އުފެއްދުންތައް
- ޓޫރިޒަމް
- ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ
- ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން
- އިސްލާމްދީން
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުން
- ވޮލެންޓިއަރިޒަމް
- މަސްވެރިކަން
- ހަށިހެޔޮ ސިއްހަތެއް ބިނާކުރުން
- ދަނޑުވެރިކަން
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހެގައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އެއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.