ކުޅިވަރު
މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެވަޓަންއިން ޔުނައިޓެޑު ބަލިކޮށްފި
އެވަޓަންގެ ގޯލު ކާމިޔާބުކުރުމަށްފަހު ޑިއުސްބެރީ-ހޯލް އުފާފާޅުކުރަނީ---
ފަރުދުން
25 ނޮވެމްބަރު 2025، 09:24
25 ނޮވެމްބަރު 2025، 09:24
އިންގްލިޝް ޕްރިމިއަރ ލީގުގައި 10 ކުޅުންތެރިންނާއެކު ކުޅުނު އެވަޓަންއިން މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށްފިއެވެ.
މެޗުގެ ކުރީކޮޅު ދެއްކި ރަތް ކާޑަކާ ގުޅިގެން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެވަޓަންއިން ޔުނައިޓެޑު ބަލިކުރީ 1-0އިންނެވެ.
މެޗުގެ 13ވަނަ މިނެޓުގައި އެވަޓަންގެ މެދުތެރެއަށް ކުޅޭ އިދުރީސާ ގުއެޔޭއަށް ރަތް ކާޑު ދެއްކީ، ހިތްހަމަނުޖެހުމެއްގެ ތެރެއިން އެ ޓީމުގެ މައިކަލް ކީންގެ މޫނުމަތީގައި ޖެހުމުންނެވެ. މިއީ ފާއިތުވެދިޔަ 25 ވަރަކަށް އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގައި އެއް ޓީމެއްގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމާއި ގުޅިގެން ރަތް ކާޑެއް ދެއްކި ތިންވަނަ ފަހަރެވެ.
އޯލްޑް ޓްރެފޯޑްގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވުނަސް ޔުނައިޓެޑުން ވަނީ މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުން ޖުމްލަ 25 ފުރުސަތެއް ހޯދިއިރު، އޭގެ ތެރެއިން 6 ފުރުސަތެއް ގޯލާ އަމާޒު ކުރިއެވެ. އޭގެ ތެރެއިން ބްރޫނޯ ފެނާންޑޭޒް އާއި ބްރްޔަން ބުއޭމޯ އަދި މޭސަން މައުންޓު ފޮނުވާލި ނުރައްކާތެރި ހަމަލާތައް ފާހަގަކޮށްލެވޭއިރު، ދެރަކަމަކީ އޭގެން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލެއް ނުކުރެވުނެވެ.
އެވަޓަންއިން ލީޑު ނެގީ މެޗުގެ 29ވަނަ މިނެޓުގައި ކިއެނާން ޑިއުސްބަރީ-ހޯލްއެވެ.
މިއީ 1992ވަނަ އަހަރުގެ ފަހުން އޯލްޑް ޓްރެފޯޑްގައި އެވަޓަން މޮޅުވި ދެވަނަ ފަހަރެވެ.
މި ނަތީޖާއާއެކު އެވަޓަން އާއި ޔުނައިޓެޑަށް ވެސް ލިބިފައި ވަނީ 12 މެޗުން 18 ޕޮއިންޓެވެ. ޔުނައިޓެޑު ކުރީގައި އޮތީ ގޯލު ތަފާތުންނެވެ.