Ads by Stelco

ޚަބަރު

ގުރައިދޫގައި ވައިގެ ބަނދަރު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ގުރައިދޫގައި ވައިގެ ބަނދަރު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

ތ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތުގެ އަދާހަމަ.

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 04:01

25 ނޮވެމްބަރު 2025، 04:01

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ތ. އަތޮޅު ގުރައިދޫގައި އެޅުމަށް ހަމަޖެހިފައިވާ ވައިގެ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މި އަހަރުގެ ޖޫން މަހު ތެރޭ ފެށި ބިން ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް މިއަދު ނިންމާލާފައިވާއިރު، މިއީ އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ހިންގާ 106.2 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 13.8 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރިވެޓްމެންޓު ޖެހުމާއި، 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތް ހިމެނިގެން ވެއެވެ.

މަޝްރޫޢުގެ ޙަވާލުދާރު އެމް.ޓީ.ސީ.ސީ.އިން މަޝްރޫޢުގެ އަދާހަމަ ހާމަކުރަމުން ބުނީ، މަޝްރޫޢުގެ ދަށުން ހިއްކަން ޖެހޭ ބިން ހިއްކައި ނިންމާލެވިއްޖެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖިއޯ ބޭގްތައް ފުރުމާއި ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ. މިއާ އެކު، މުޅި މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމުނީ ކަމަށް ވެސް، އެމް.ޓީ.ސީ.ސީ.އިން ހާމަކުރެއެވެ.

އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ބިން ހިއްކުމަށް ފަހު، ގުރައިދޫ އެއާޕޯޓު ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއެވެ. އެ ކުންފުނީގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް އެއާޕޯޓު ތަރައްޤިކޮށް ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ސެޕްޓެންބަރު މަހުގެ 26ވަނަ ދުވަހު ގުރައިދުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ރަށުގެ ޢާންމުންނާ ބައްދަލުކުރެއްވި ޖަލްސާގަައި ރައީސް ވިދާޅުވީ، ގުރައިދޫ ވައިގެ ބަނދަރު، 2027ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެ ކަމަށެވެ. 

ގުރައިދޫ ވައިގެ ބަނދަރު ވެގެންދާނީ، އެ ރަށާއި އެ އަތޮޅަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށާއި، ވައިގެ ބަނދަރު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން 22 މަސް ދުވަސް ތެރޭގައި ނިމޭނޭ ކަމަށް ވެސް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

ގުރައިދޫގައި ވައިގެ ބަނދަރެއް އެޅުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދާއިރު، ލާމަރުކަޒުކުރާ ޚިދުމަތްތައް އެ ރަށުން ލިބެން ޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން