ޚަބަރު
ތިލައުތުރު މަސް ރޭހުގައި ބައިވެރިވެގެން، 20،000 ރުފިޔާއާ ހަމައަށް އިނާމު ހޯދުމުގެ ފުރުޞަތު!
ހއ. ކެލާ. / ފޮޓޯ: ޒުވާން މަސްވެރިޔާ.
ފަރުދުން
26 ނޮވެމްބަރު 2025، 03:38
26 ނޮވެމްބަރު 2025، 03:38
ޤައުމީ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީގައި "ތިލައުތުރު" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައިފިއެވެ.
މި މަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ދިހައެއްވާ ބުދަދުވަހުއެވެ.
ވީމާ، ރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަަށް ފަހު، އަންނަ މަހުގެ އެއްވަނަ ދުވަހުގެ 14:00ގެ ކުރީން ހުށަހެޅުމަށް، ހއ. ކެލާ ކައުންސިލުން އެދިފައިވެއެވެ. ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލު އިދާރާގެ މެއިލް ([email protected])އަށް ފޮނުވޭނެ ކަމަށާއި، ކައުންސިލުގެ ރިސެޕްޝަނުން ވެސް ފޯމް ބަލައިގަންނާނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ހއ. އަތޮޅު ކައުންސިލުން މިހާރު ވަނީ މަސް ރޭހުގެ ޤަވާޢިދު ވެސް ޢާންމުކޮށްފައެވެ.
މަސް ރޭހަށް ކަނޑައެޅިފައިވާ އިނާމްތަކަކީ: އެއްވަނައަށް ދާ ފަރާތަކަށް 20000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 10000 ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާ އެވެ.
މީގެ އިތުރުން، މަސް ރޭހުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ކަނޑައަޅާފައިވެއެވެ.