ޚަބަރު
ފޮއްދޫ ފުލުހުންގެ މަރުކަޒުގެ އަދާހަމަ: ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތް ނިންމާލައިފި
ފޮއްދޫ ފުލުހުންގެ މަރުކަޒު ޢިމާރާތުގެ އަދާހަމަ.
ފަރުދުން
27 ނޮވެމްބަރު 2025، 05:04
27 ނޮވެމްބަރު 2025، 05:04
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދާ ކަމަށް، މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނެފިއެވެ.
އެމް.ޓީ.ސީ.ސީ.އިން ބުނީ، ފުލުސް މަރުކަޒުގެ ތަނބުތަކުގެ މަސައްކަތުގެ އިތުރުން، މަތީ ބެރީގެ މަސައްކަތްތައް ވެސް ނިންމާލެވިފައިވާ ކަމަށެވެ. ވުމާ އެކު، މިހާރު ކުރިއަށް ދަނީ ޢިމާރާތުގެ ފުރާޅު އެޅުމަށްޓަކައި ގިއުގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ފޮއްދޫގައި އަޅަމުންދާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މި އަހަރުގެ ޖުލައި މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްޞަ ރަސްމިޔާތެއްގައެވެ.
ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފޮއްދޫގައި އެމް.ޓީ.ސީ.ސީ.އިން އަންނަނީ ހިންގަމުންނެވެ. މި ގޮތުން، އެ ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒު ޤާއިމްކުރުމާއި، ބަނދަރު ޒާމާނީ ފެންވަރަަށް ތަރައްޤީކުރުމާއި، އަދި ފޮއްދޫ ޞިއްޙީ މަރުކަޒުގެ އާ ޢިމާާރާތުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
މި ހުރިހާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް ފަށާފައިވަނީ، މި އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
Project Update: Development of N. Fohdhoo Police Post building
— MTCC Plc (@MTCCPlc) November 27, 2025
Foundation footings and foundation beam concrete casting work has been completed. Roof beam casting has also been completed. Roofing structure works are currently ongoing at the site.
Follow more updates at:… pic.twitter.com/7vw68YBZj5