Ads by Stelco

ޚަބަރު

ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ޑީޓުވާ ރާއްޖެއާ ދުރަށް: މާބޮޑު އަސަރެއް ނުކުރާނެކަމަށް މެޓުން ބުނެފި

ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ޑީޓުވާ ރާއްޖެއާ ދުރަށް: މާބޮޑު އަސަރެއް ނުކުރާނެކަމަށް މެޓުން ބުނެފި

ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ފޮޓޯ: ޑެއިލީ މިރަރް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ނޮވެމްބަރު 2025، 03:37

28 ނޮވެމްބަރު 2025، 03:37

ގަދަ ތޫފާން ޑީޓުވާ ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާތީ، އެތޫފާނުގެ ސަބަބުން ރާއްޖެއަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު އޮފީސް) އިން މިއަދު ވިދާޅުވެއްޖެއެވެ.

މެޓު އޮފީހުން ވިދާޅުވި ގޮތުގައި، ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ޑީޓުވާ މިހާރު ހުރީ ހއ.ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން ސްރީލަންކާގެ އުތުރު އައްސޭރިފަށުގައެވެ. މި ތޫފާން ދަތުރުކުރަމުންދަނީ ހުޅަނގު އުތުރުން އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިއާ ދިމާލަށެވެ.

މި ތޫފާން މިހާރު ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާތީ، ތޫފާނުގެ މާބޮޑު އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ނަމަވެސް، ތޫފާނުގެ އައުޓަރ ރެއިން ބޭންޑްގެ އަސަރު ނުވަތަ އެއާއެކު އުފެދޭ ވިއްސާރަ ވިލާތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭނެއެވެ.

މިކަމާއި ގުޅިގެން މެޓު އޮފީހުގެ އެލަރޓް ދަރަޖަކުރެވިފައިވާ ސަރަޙައްދަށް ތޫފާން ވަނުމުން، ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މެޓު އޮފީހުން ލަފާކުރައްވާ ގޮތުގައި އަންނަ ހަފްތާގެ އަންގާރައިން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެއެވެ.

މިމަހުގެ މެދުތެރޭގައި ރާއްޖެ ސަރަޙައްދުގައި ބާރުގަދަވަމުންދިޔަ ދެ ތޫފާނެއްގެ ސަބަބުން ރާއްޖެއަށް މޫސުން ގޯސްވެ ގުގުރުމާއެކު އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އެހެންނަމަވެސް މީގެތެރެއިން މެލޭޝިއާ ސަރަޙައްދުގައި އުފެދުނު ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާއިރު ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ޑީޓުވާ މިހާރުވަނީ ރާއްޖެއާއި ދުރަށް ދަތުރުކުރަން ފަށާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން