Ads by Stelco

ޚަބަރު

ސިލޯނާއި އެކު ދިވެހީން ޓެލެތޯނަށް އެޗްޑިސީން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

ސިލޯނާއި އެކު ދިވެހީން ޓެލެތޯނަށް އެޗްޑިސީން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި

ސިލޯނާއި އެކު ދިވެހީން ޓެލެތޯނަށް އެޗްޑިސީން 1 ލައްކަ ރުފިޔާ ހަދިޔާ ކުރުން

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 10:28

01 ޑިސެމްބަރު 2025، 10:28

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން  100،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރީ 100،000 ރުފިޔާއެވެ. ފައިސާ ހަވާލުކުރުމަށް ސްޓެލްކޯގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. 


ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯނަށް އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. 37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިހާރު ފަށާފައިވާއިރު މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ. މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.

މިއަދު މެންދުރު 2:00 އާހަމައަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން