Ads by Stelco

ޚަބަރު

ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް: ވަޒީރު އާދަމް ޝަރީފް

ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޑިސެމްބަރު 2025، 12:43

01 ޑިސެމްބަރު 2025، 12:43

ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، "ސިލޯނާއެކު ދިވެހިން" ޓެލެތޯނަށް އެ ވުޒާރާގެ ފަރާތުން ފައިސާ ހަދިޔާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ދައުލަތުގެ މީޑީއާ ޕީއެސްއެމުން އިސްނަގައިގެން ކުރިއަށްގެންދާ މި ޓެލެތޯނަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ ފަރާތުން 75،757 ރުފިޔާ ވަނީ ހަދިޔާކުރައްވާފައެވެ. މި ޓެލެތޯންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިންގެ ކިބައިގައި ހުރި އެހީވުމުގެ ރީތި ސިފަ މިއަދު ވެސް ފެންނަމުންދާ ކަމަށެވެ. 

އަވަށްޓެރި ޤައުމަކަށް ކަމެއް ކުރިމަތިވާއިރު، ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަމުން މިދާ އުޚުއްވަތްތެރިކަމާއި އަޅާލުމުގެ ރީތި ސިފަ، އެ ރިވެތި ސިފަ މިހާރުވެސް ދިވެހިންގެ ކިބައިން ފެންނަމުންދަނީ.

ވަޒީރު ވިދާޅުވިއެވެ.

ދިވެހި މީޑިއާތަކުން ފެށި ޚާއްޞަ ޓެލެތޯނަށް މިހާތަނަށް 6.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ވަޒީރު ވަނީ މި ޓެލެތޯނުގެ އެންމެހާ ބައިވެރިންނަށް ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން