Ads by Stelco

ޚަބަރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މިހާތަނަށް 6.6 މިލިޔަން ރުފިޔާ ހަދިޔާކޮށްފި!

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މިހާތަނަށް 6.6 މިލިޔަން ރުފިޔާ ހަދިޔާކޮށްފި!

ޓެލެތޯންގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޑިސެމްބަރު 2025، 12:45

01 ޑިސެމްބަރު 2025، 12:45

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މިހާތަނަށް 6.6 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު 2:00 ޖެހުމާއި ހަމައަށް ކުރިއަށްދާއިރު، މި ޓެލެތޯންގައި 37 މީޑިއާއަކުން ވަނީ ބައިވެރިވެފައެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްޞަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް، ހޯމަ ދުވަހުގެ (މިއަދު) މެންދުރު 12:00 ޖެހުމާއި ހަމައަށް ޖުމްލަ 6,655,662 ރުފިޔާ ވަނީ ލިބިފައެވެ. މި ޢަދަދުގެ ތެރޭގައި ހިމެނެނީ 6،003،289 ރުފިޔާ އަދި 42،307 ޑޮލަރެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން، ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ސްރީލަންކާއަށް މިމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ތޫފާން ޑިތުވާއާ ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާ އެކުވެރި ބަޔެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެ ސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން