ޚަބަރު
ސްޓްރޯކް ބަލިމީހުންނަށް ބޭނުންވާ ލޭދިޔާކުރާ ބޭސް ހުސްވެފައިނުވާ ކަމަށް ސީއީއޯ ހަލީމް ވިދާޅުވެއްޖެ
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤް ހަލީމް
ލެބޯޓަރީގައި ޓެސްޓުހެދުމަށް ބޭނުންވާ ބައެއް ތަކެއްޗާއި ސްޓްރޯކް ބަލިމީހުންނަށް ބޭނުންވާ ލޭދިޔާކުރާ ބޭސް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ. އެ ވާހަކަތައް ދޮގު ކުރައްވައި ހަލީމް ވިދާޅުވީ، ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އަރާފައިނުވާ ކަމަށެވެ.
ލެބޯޓަރީގައި ޓެސްޓުހެދުމަށް ބޭނުންވާ ބައެއް ތަކެއްޗާއި ލޭދިޔާކުރާ ބޭސް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކައާ ބެހޭ.
— Haleem (@22halex) November 30, 2025
ލިތިއަމް ޓެސްޓު ކިޓެއް ބޭނުންވަނީ ގާތްގަނޑަކަށް ކޮންމެ ތިންމަހުން އެއް ކިޓެވެ. މީގެ ރިއެޖެންޓްސް ހުސްވުމުގެ ކުރިން ދުރާލާ އޯޑަރު ކޮށްފައިވެއެވެ. އަދި އިއްޔެ (ހޮނިހިރު…
ސީއީއޯ ހަލީމް ދެއްވި މައުލޫމާތުގައި ވިދާޅުވީ، ލިތިއަމް ޓެސްޓު ކިޓެއް ބޭނުންވަނީ ގާތްގަނޑަކަށް ކޮންމެ ތިން މަހުން އެއް ކިޓު ކަމަށެވެ. މި ތަކެތީގެ ރިއެޖެންޓްސް ހުސްވުމުގެ ކުރިން ދުރާލާ އޯޑަރު ކޮށްފައިވާ ކަމަށާއި، މިތަކެތި ހޮނިހިރު ދުވަހަށް ލިބޭނެ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ލޮޖިސްޓިކްސް ޑިލޭއެއްގެ ސަބަބުން އިއްޔެ ކިޓު ހުސްވިއިރު ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިއަދުން ފެށިގެން މި ޓެސްޓު ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ހަލީމް ވިދާޅުވީ، ހޮސްޕިޓަލުން ރޫޓީންކޮށް ހަދާ ހުރިހާ ޓެސްޓުތައް ހެދުމުގައި އެއްވެސް ދަތިކަމެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި ލެބޯޓަރީގައި ޕެޓްރި ޑިޝް އަދި ސްޓްރޯކް ބަލިމީހުންނަށް ބޭނުންވާ ލޭދިޔާކުރާ ބޭސް ހުސްވެފައިވާކަމަށް ދެކެވޭ ވާހަކައަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ހާމަކުރެއްވިއެވެ.