Ads by Stelco

ޚަބަރު

2027ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމްތައް ދިދައިގެ ކުލަތަކަށް ބަދަލުކުރަނީ

2027ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމްތައް ދިދައިގެ ކުލަތަކަށް ބަދަލުކުރަނީ

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު. ފޮޓޯ: ތަޢުލީމީ ވުޒާރާ.

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 03:14

01 ޑިސެމްބަރު 2025، 03:14

ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ކަނޑައަޅައި، 2027ވަނަ އަހަރުން ފެށިގެން އެ ކުލަތަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވި ގޮތުގައި، ތައްޔާރުވުމަށް އެއް އަހަރުގެ މުއްދަތެއް ދިނުމަށް ފަހުގައި، ޔުނީފޯމްތައް ބަދަލުކުރާނީ ހަތަރު ކުލައަކަށެވެ. އެއީ ޤައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، ތަޢުލީމީ ވުޒާރާގެ ކުލަ ކަމުގައިވާ ނޫ ކުލައެވެ.

ވަޒީރު މަޢުލޫމާތު ދެއްވި ގޮތުގައި، ޔުނީފޯމުގެ މަތި ނުވަތަ ގަމީސް، އިސްވެ ދެންނެވުނު ކުލަތަކުގެ ތެރެއިން އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ބަދަލުކުރެވޭނެއެވެ. ނަމަވެސް، ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީބައި ހުންނަން ޖެހޭނީ، ކަޅު ނުވަތަ ގަދަ ނޫ ކުލައިގައެވެ.

މި ޝަރުޠުތަކަށް ބަލާއިރު، ސަރުކާރުގެ 90 އިންސައްތަ ސްކޫލުތަކުގެ ޔުނީފޯމް ބަދަލުކުރަން ނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަބަބަކީ، ސަރުކާރު ގިނަ ސްކޫލުތަކުގައި ޔުނީފޯމްގެ މަތީބައިގެ ކުލައަކަށް ބޭނުންކުރަނީ ހުދު ނުވަތަ ނުލެވެ. އަދި ތިރިއަށް މިހާރު ވެސް ބޭނުންކުރަނީ ގަދަ ނޫ ނުވަތަ ކަޅެވެ.

ސްކޫލަކުން ނިންމަންވީ، އެ ސްކޫލެއްގެ ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލައޭ. އެ ގޮތަށް ޔުނީފޯމްގެ ތިރިން ލާން ވެސް ދެ ކުލައިގެ ތެރެއިން ކުލައެއް ބޭނުން ކުރެވޭނެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

ސްކޫލުތަކުގައި ގްރޭޑް އެކަކުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވާ ދަރިވަރުން މިހާރު ޓައި އަޅަން ޖެހެއެވެ. ނަމަވެސް، ޔުނީފޯމާ ބެހޭ ޤަވާޢިދު ބަދަލުކުރުމުގެ މަޝްވަރާތަކުގައި ހިމެނިވަޑައިގަތް ގިނަ ޕްރިންސިޕަލުން އެދިވަޑައިގަތީ، ކީ-ސްޓޭޖު 3ގެ (ގްރޭޑު 7އިން ފެށިގެން މަތީގެ) ކްލާސްތަކުގެ ދަރިވަރުން ޓައި އަޅަން ޖެހޭ ގޮތަށް ބަދަލުތައް ގެނެސްދިނުމަށެވެ. އޭރުން އެ ސްކޫލެއްގެ ޔުނީފޯމް ކުލައިން ޓައި އެޅޭނެއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވި ގޮތުގައި، އަލަށް އަލަށް ޢަމަލުކުރަން ފަށާ ޔުނީފޯމް ޤަވާޢިދާ އެކު، އަންހެން ދަރިވަރުން ޔުނީފޯމް އެޅުމަށް ގިނަ ޚިޔާރުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތާއި، ސްކަރޓު ލާން ބޭނުންވާ ކުދީންނަށް އެ ހުއްދަ ވެސް ދެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލަށް ޗޫސް ކުރެވޭނީ ޔުނީފޯމް. އެއާ އެކު، އަންހެން ދަރިވަރުންނަށް ބައިވަރު އޮޕްޝަންތައް އެބަ ލިބިގެންދޭ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

ރަސްމީ ޔުނީފޯމުގެ އިތުރުން، 2027ވަނަ އަހަރުން ފެށިގެން އެކްޓިވިޓީ ޔުނީފޯމަށް ވެސް ބައެއް ބަދަލުތައް ގެނެވޭނެއެވެ.

ވަޒީރު ޑރ. ޝަފީޢު ވިދާޅުވި ވިދާޅުވި ގޮތުގައި، ރަސްމީ ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެ ކަމުގައި ސްކޫލުތަކާއި ބެލެނިވެރީންގެ ޝަކުވާ ބޮޑުވުމުންނެވެ. މިއާ އެކު، އާ އުޞުލަށް ޢަމަލުކުރަން ފެށުމުން، ޔުނީފޯމް އަގުތައް ހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން