ޚަބަރު
ކީރިތި ޤުރްއާނާ ބެހޭ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ކީރިތި ޤުރްއާނުގެ މުޞްޙަފެއް. ފޮޓޯ: އިންޓަރނެޓް.
ފަރުދުން
01 ޑިސެމްބަރު 2025، 03:15
01 ޑިސެމްބަރު 2025، 03:15
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޤުރްއާން މަހާސިންތާ"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަހަސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށުނު ޑިސެންބަރު މަހުގެ 14ވަނަ ދުވަހުގެ ރޭ 20:00އިން 23:00އަށެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ، މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރްއާނުގެ ދާއިރާއިން ޢިލްމީ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ތަފާތު ޤިރާއަތްތަކަށް ކީރިތި ޤުރްއާން ކިޔެވުމާއި، ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އަދި އެ ކަންކަމުގެ ޙައްލާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.
މި މަހާސިންތާގައި ބައިވެރިވުމުގެ ޝަރުޠުތައް:
- ޢުމުރުން 20 އަހަރުން މަތީގެ ފަރާތަކަށްވުން
- ޤުރްއާން އުނގެނުމާއި އުނގަންނައިދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން
- ޤުރްއާނުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށްވުން
މި މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 8 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 22:00ގެ ކުރީން އެ މަރުކަޒުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.
އެ މަރުކަޒުން ޢާންމުކޮށްފައިވާ ލިންކަކީ (https://forms.gle/THP3xtTEPTxqCC4b6) އެވެ.