ކުޅިވަރު / ޚަބަރު
އެފްއޭއެމްގެ ވިމެންސް ލީގު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
އެފްއޭއެމްގެ ވިމެންސް ލީގު ޝަރަފުވެރިކުރެއްވުމަށް ވަޑައިގެންނެވުމަށްފަހު، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
01 ޑިސެމްބަރު 2025، 09:05
01 ޑިސެމްބަރު 2025، 09:05
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވިމެންސް ލީގުގެ ފުރަތަމަ މެޗު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މި މެޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެ ކަމަނާއަށް މަރުހަބާ ދެންނެވީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤުގެ އިތުރުން، އެ އިދާރާގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ޢަލީ އިބްރާހީމް އާއި ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަބްދުއްރައްޒާޤު އިބްރާޙިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވިމެންސް ލީގުގެ ފުރަތަމަ މެޗު ބައްލަވާލެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ވެސް އަރުވާފައެވެ.
އެފްއޭއެމްގެ ވިމެންސް ލީގު ފަށާފައި މިވަނީ 11 އަހަރަށް ފަހުއެވެ. އެންމެ ފަހުން މި މުބާރާތް ކުޅެފައި ވަނީ 2014ވަނަ އަހަރެވެ.
މި މުބާރާތުގައި މި އަހަރު 6 ޓީމަކުން ވާދަކުރެއެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.