ވިޔަފާރި

ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިފި

ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިފި

ނަލަ މޯލްޑިވްސް ރިސޯޓު: ފޮޓޯ- ޕީއެސްއެމް ނިއުސް

farudhun logo

ފަރުދުން

02 ޑިސެމްބަރު 2025، 10:57

02 ޑިސެމްބަރު 2025، 10:57

ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ. މި ރިސޯޓު ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓައި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

ނަލަ މޯލްޑިވްސް ރިސޯޓަކީ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި ރިސޯޓެކެވެ. މި ރިސޯޓާއެކު މި ކުންފުނިން ރާއްޖޭގައި  ހިންގާ ރިސޯޓުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 80 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 20 ސަންރައިޒް ވިލާ، 22 ސަންސެޓް ވިލާ، 30 އޯވަރ ވޯޓަރ ވިލާ އަދި 8 ރޮމޭންޓިކް ވިލާ ހިމެނެއެވެ.

ހަމައެކަނި ޒުވާން އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ މި ރިސޯޓުގައި އިންޑޯ އަދި އައުޓްޑޯރ އަށް ޚާއްސަކޮށްގެން ތާފާތު ކުޅިވަރުތައް ކުޅެވޭނެ ތަންތަން ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުންވެސް މޫދު ކުޅިވަރުތަކަށް ޚާއްސަކޮށްގެން ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ރިސޯޓުގައި ހަދާފައިވެއެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 35 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން