Ads by Stelco

ޚަބަރު

"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ: ޕީއެސްއެމް

"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ: ޕީއެސްއެމް

"ސިލޯނާއިއެކު ދިވެހިން" ޓެލެތޯންގެ ތެރެއިން: ފޮޓޯ- ޕީއެސްއެމް ނިއުސް

farudhun logo

ފަރުދުން

02 ޑިސެމްބަރު 2025، 12:50

02 ޑިސެމްބަރު 2025، 12:50

"ސިލޯނާއިއެކު ދިވެހިން" ޓެލެތޯނަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ޓެލެތޯން އިންތިޒާމުކުރި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ވިދާލުވެއްޖެއެވެ. ޕީއެސްއެމުން ވިދާލުވީ އެހީގެ ގޮތުގައި ދިވެހި ރުފިޔާއާއި ޑޮލަރު ލިބިފައިވާކަމުގައެވެ.      

ސިލޯނާއިއެކު ދިވެހިން މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށްގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ. މި ޓެލެތޯންއަށް އެކު ޖުމްލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސާފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ.

ޕީއެސްއެމުން އާންމުކޮށްފައިވާ ޖުމްލަ ފައިސާގެ އަދަދު: 


* 11،553،291.10 (އެގާރަ މިލިޔަން ފަސްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ދިހަ ލާރި)
* 51،088.31 (ފަންސާސްއެއް ހާސް އަށްޑިހަ އަށްޑޮލަރު ތިރީސްއެއް ސެންޓް)
* 20 ޔޫރޯ

މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނަރަކީ 'ކްރޯ މޯލްޑިވްސް' އެވެ. ކްރޯ މޯލްޑިވްސްއިން ވިދާޅުވީ، ސިލޯނާއިއެކު ދިވެހިން ޓެލެތޯން ފެށިގެން ނިމެންދެން ޕީއެސްއެމްއާއު ވަރަށް ގާތުން މަސައްކަތް ކުރަމުން ދިޔަކަމަށެވެ. ޓެލެތޯންގެ ޕަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހު ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއްކޮށްފައިވަނީ ކްރޯ މޯލްޑިވްސްގެ ފަރާތުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން