Ads by Stelco

ޚަބަރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ މިއަދު ލަންކާއަށް ފޮނުވާނެ: ޚާރިޖީ ވަޒީރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ މިއަދު ލަންކާއަށް ފޮނުވާނެ: ޚާރިޖީ ވަޒީރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ޙަވާލުކުރުން. / ފޮޓޯ: ޕަބްލިކް ސަރވިސް މީޑިޔާ

farudhun logo

ފަރުދުން

02 ޑިސެމްބަރު 2025، 03:24

02 ޑިސެމްބަރު 2025، 03:24

ދައުލަތުގެ މީޑިޔާ (ޕަބްލިކް ސަރވިސް މީޑީޔާ)އިން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިޔާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު ނުވަތަ 245 މިލިޔަން ލަންކާ ރުޕީޒް މިއަދު އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކާ ޙަވާލުކުރެވިގެން ދާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މި ޓެލެތޯނަކީ ލަންކާއަށް އެރި ވަރުގަދަ "ދިތުވާ" ޠޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގައި ޙާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްޞަ ޓެލެތޯނެކެވެ. މި ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ 29 ގަޑިއިރުގެ މުއްދަތަކަށެވެ. މި ޓެލެތޯނުގައި ރާއްޖޭގެ 30އަށް ވުރެ ގިނަ މީޑިޔާއަކުން ބައިވެރިވެފައިވާއިރު، ޓެލެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ކްލަބްތަކަށާއި، އޮފީސްތަކަށް އޮތީ ހުޅުވާލެވިފައެވެ.

މިއަދު މި ޓެލެތޯނާ ގުޅިގެން ޕީ.އެސް.އެމް. ސްޓޫޑިއޯގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ޓެލެތޯނަށް ހަދިޔާކުރި ފައިސާތައް ލިބުމާއެކު، އެންމެ އިސް ވާޖިބަކަށް ވެގެން ދާނީ އެ ފައިސާ ލަންކާ ރައްޔިތުންނާ ހަަަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ޤައުމުގެ ސަރުކާރާ ޙަވާލުކުރުން ކަމަށެވެ.

އިރާދަކުރެއްވިއްޔާ މިއަދުގެ ވަޤުތެއްގައި ރަސްމީ ގޮތުން، އަޅުގަނޑުމެން މި ފައިސާ ސްރީލަންކާ ސަރުކާރާ ވެސް ޙަވާލުކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

Ads by MSS

މި ލިޔުން ކިޔާލުމުން