Ads by Stelco

ޚަބަރު

މާރާމާރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، 5 ދުވަހަށް ބަންދު

މާރާމާރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، 5 ދުވަހަށް ބަންދު

މާރާމާރީގެ މައްސަލައެއްގައި ފުލުހަކު ހައްޔަރުކުރުން.

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 03:11

07 ޑިސެމްބަރު 2025، 03:11

މާލޭ ސެލޫނެއް ތެރޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުސް މީހަކު ހައްޔަރުކޮށް، ބަންދުކުރުމަށް އިއްޔެ އަމުރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީގައި ފުލުސް މީހާ ހަމަ އެ ދުވަހުން އެ ދުވަހަށް ހައްޔަރުކުރެވުނެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޣައިރުޙާޒިރީގައި އޭނާ 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ފުލުހެއްކަން، ފުލުހުންގެ މީޑިޔާ އޮފިޝަލަކު ކަށަވަރުކޮށްދީފައި ވެއެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވަނީ: ޢަލީ މަނިކު، އަސަރީވިލާ، ސ. ހިތަދޫ (43އ) އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޢަލީ މަނިކު އަދި އޮތީ ހޮސްޕިޓަލުގައެވެ. ވީމާ، ބަންދުގެ އަޑުއެހުމަށް ޙާޒިރުވެފައި ނުވާތީ، ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު 24 ގަޑިއިރު ތެރޭގައި ފަނޑިޔާރުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް މައްސަލަ ބެއްލެވި ޤާޒީ އަމުރުކުރައްވާފައި ވެއެވެ. ކޯޓު އަމުރުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޢަލީ މަނިކު ހޮސްޕިޓަލަށް ގެންދެވުނީ، ހައްޔަރުގައި ހުއްޓައި އޭނާގެ ޙަރަކާތްތައް ދަށްވުމުންނެވެ.

މީނާއަކީ ޤާނޫނު ތަންފީޒުކުރަމުންދާ ފަރާތެއް ކަމަށް އައި.އޯ. (ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު) ފާހަގަކޮށްފައިވޭ. ޙާދިސާ ރިޕޯޓަށް ބަލާއިރު، މީނާ މި ޢަމަލު ހިންގާފައިވާ ކަމަށް ބެލެވޭ. އަދި މީނާ ހައްޔަރުކޮށްފައިވަނީ ސީނުންކަން ވެސް އެނގޭ

ކޯޓު އަމުރުގައި ވެއެވެ.

ކޯޓު އަމުރުގައި އިތުރަށް ވަނީ: އޭނާއަށް ކުރެވޭ ތުހުމަތާ ގުޅޭ ކޮންމެ ވެސް މިންވަރެއްގެ ހެއްކާއި ޤަރީނާ ހުށަހަޅާފައިވާ ކަމަށާއި، ފުލުހުން ކޯޓަށް ހުށަހެޅި ރިޕޯޓުގައި އެ ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ، އެ ސެލޫނަށް ޢަލީ މަނިކު ވަދެ، ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އަދި އެ ސެލޫނުގައި މަސައްކަތްކުރާ މީހަކާ މާރާމާރީ ހިންގާފައިވާ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޢަލީ މަނިކަކީ ފުލުހެއް ކަމަށާއި، މި މައްސަލައިގައި އޭނާ ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަޙުޤީޤުކުރަމުން، އަދި އެ މައްސަލައާ ގުޅިގެން އިދާރީ ގޮތުން އޭނާއާ މެދު އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ކުރަމުން.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން