ޚަބަރު
ތުރާކުނުގައި ބިނާކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ
ތުރާކުނުގައި ބިނާކުރާ މިސްކިތުގެ އަދާހަމަ.
ފަރުދުން
07 ޑިސެމްބަރު 2025، 03:12
07 ޑިސެމްބަރު 2025، 03:12
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމުގައިވާ ތިލަދުންމަތީ އުތުރުބުރީ ތުރާކުނުގައި އަލަށް ބިނާކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ ކަމަށް އެ މަޝްރޫޢާ ޙަވާލުވެގެންވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނެފިއެވެ.
މި މަޝްރޫޢުގެ އަދާހަމަ ހާމަކުރަމުން އެމް.ޓީ.ސީ.ސީ.އިން ބުނީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، މުންނާރުގެ ރީއެންފޯސްމެންޓް ކޮންކްރީޓް މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ނަމާދުކުރާ މާލަމުގެ ފުޅާރުގެ ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވުޟޫކުރާ ސަރަޙައްދުގެ ޕްލަމްބިންގ މަސައްކަތާއި، ވަށާފާރުގެ ކޮންކްރީޓް މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ކުންފުނީން ބުނެއެވެ.
ސަރުކާރުގެ ފަރާތުން ތުރާކުނުގައި ޤާއިމުކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ވުޟޫކުރާ ދެ ސަރަޙައްދަކާއި، މުންނާރެއް ހިމެނެއެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ، އެތެރެއާއި ބޭރުން އިސްލާމީވަންތަކަށް ރަމްޒުކޮށްދޭ ގޮތަށް އެންމެ ފަހުގެ ޒަމާނީ ބައްޓަމަށެވެ.
މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ އަހަރު ދުވަސް ތެރޭ ނިންމާ ގޮތަށް، 11.21 މިލިޔަން ރުފިޔާއަށެވެ.
Project Update: Construction of HA. Thuraakunu Mosque - Remaining Work
— MTCC Plc (@MTCCPlc) December 7, 2025
Reinforced concrete works for the minaret are currently ongoing with 80% completion. Prayer hall roofing structure works, ablution area plumbing works and boundary wall concrete works are currently ongoing at… pic.twitter.com/q86UnF0cID