Ads by Stelco

ޚަބަރު

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ދިރިއުޅުމަށް ދޭ ތަންތަނުގައި، ބޮޑެތި އުޅަނދުތައް ރަޖިސްޓްރީކުރެވޭ ގޮތަށް ހަދައިފި

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ދިރިއުޅުމަށް ދޭ ތަންތަނުގައި، ބޮޑެތި އުޅަނދުތައް ރަޖިސްޓްރީކުރެވޭ ގޮތަށް ހަދައިފި

ރާއްޖޭގައި ބޭނުންކުރާ ބޮޑު ލޮރީއެއް (އަލިފާން ނިއްވާ ލޮރީއެއް(

farudhun logo

ފަރުދުން

09 ޑިސެމްބަރު 2025، 04:36

09 ޑިސެމްބަރު 2025، 04:36

ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ދޭ ގޯއްޗާއި ފުލެޓާއި ރޯހައުސްތަކުގައި، 2 ޓަނަށް ވުރެ ބަރު ބޮޑެތި ލޮރީ ފަދަ އުޅަނދުތައް ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އޮތް އޮތުން ބާޠިލުކޮށް، އެ ފަދަ އުޅަނދުތައް ރަޖިސްޓްރީކުރުން ހުއްދަކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)އިން ޢާންމުކުރި އިޢުލާނެއްގައި ބުނީ، 2 ޓަނަށް ވުރެ ބަރު ލޮރީ އާއި ޓްރަކް ފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ހުށަހަޅާ ގޯތި، ފްލެޓް ނުވަތަ ރޯހައުސްގައި އެ ވެހިކަލެއް ބާއްވާނެ ޖާގަ އޮތް ގަރާޖެއް އޮންނަ ނަމަ އެ ވެހިކަލެއް ރަޖިސްޓްރީކޮށްދޭ ގޮތަށް "ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލު" މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މި ގޮތަށް އުޅަނދުތައް ރަޖިސްޓްރީކުރެވޭ ގޮތަށް މިހާރު ކަނޑައެޅި ނަމަވެސް، މި ކަމުގައި ބަލާ އިތުރު ޝަރުޠުތަކެއް ހުރެއެވެ. މިސާލަކަށް، އެޗް.ޑީ.ސީ.އަށް ފައިސާއެއް ދައްކަން ޖެހި ނުދައްކާ އޮންނަ ފަރާތްތަކަށް، މި އުޅަނދުތައް ރަޖިސްޓްރީއެއް ނުކޮށްދޭނެއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން