Ads by Stelco

ޚަބަރު

އެމެރިކާ ސަފީރުގެ ދައުރު ފުރިހަމަކުރައްވައި، ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް

އެމެރިކާ ސަފީރުގެ ދައުރު ފުރިހަމަކުރައްވައި، ޚާރިޖީ ވަޒީރުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް

އެމެރިކާ ސަފީރު، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރެއްވުން. / ފޮޓޯ: ޚާރިޖީ ވުޒާރާ

farudhun logo

ފަރުދުން

10 ޑިސެމްބަރު 2025، 05:19

10 ޑިސެމްބަރު 2025، 05:19

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް، އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން، ވަދާޢީ ޒިޔާރަތެއް އަދު ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގެ އިދާރީ ޢިމާރާތުގައި އަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ، ސަފީރު ހޫގޯ ޔޮންގެ ސަފީރުކަމުގެ ދައުރުގައި އެ މަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ކުރިއެރުއްވުމަށްޓަކައި އެ މަނިކުފާނު ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެމެރިކާ ސަފީރު ހޫގޯ ޔޮން ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، އެ މަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ، އެމެރިކާ ސަފީރުކަމުގައި ހޫގޯ ޔޮން ހުންނަވައިގެން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމައިލައްވަމުން، ވަޒީރު ޑރ. ޚަލީލް ވަނީ، އެމެރިކާގެ ސަފީރު އެ މަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެން، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށް ވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދާއި، ސެކްރެޓަރީ ޑރ. ހާލާ ޙަމީދާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން، އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން