Ads by Stelco

ޚަބަރު

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް މަޝްހޫރު ޕްރެޒެންޓަރު ޝަކީބު ޢައްޔަނުކޮށްފި!

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް މަޝްހޫރު ޕްރެޒެންޓަރު ޝަކީބު ޢައްޔަނުކޮށްފި!

ޝަކީބް/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޑިސެމްބަރު 2025، 05:19

10 ޑިސެމްބަރު 2025، 05:19

ޕަބްލިކް ސަރވިސް މީޑީއާ (ޕީއެސްއެމް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު ޝަކީބު ޢައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކުރީ، ޕަބްލިކް ސަރވިސް މީޑީއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ،  ދަފްތަރު ނަންބަރު ރސ 6886، އަލްފާޟިލް އަޙްމަދު ޝަކީބު ކަމަށް ޕީސީބީއިން ވަނީ ވިދާޅުވެފައެވެ.

ޝަކީބު މި މަޤާމަށް ޢައްޔަނުކުރައްވާފައި މިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަކީބަކި، ޕްރެޒެންޓިންގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާ ވަނީ ޕީއެސްއެމްގެ ގިނަ ޕްރޮގްރާމްތަކެއް ވެސް ހުށަހަޅުއްވާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން