Ads by Stelco

ޚަބަރު

މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ބަންދުކޮށްފި

މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ބަންދުކޮށްފި

ފޮޓޯ އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2025، 04:48

12 ޑިސެމްބަރު 2025، 04:48

މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދިިޔަ ދެ ވިޔަފާރިއެއް ބަންދުކޮށްފިއެވެ. 

މި ދެ ވިޔަފާރި ބަންދުކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިންނެވެ.

ބުރާސްފަތި ދުވަހުގެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ 8 ތަނެއް ބަލައިފާސްކުރުމަށްފަހު ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 08 ތަނެއް ބަލައިފާސްކުރެވުނެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ވަނީ ނޯޓިސްއާއެކު ބަންދުކޮށްފައެވެ.

ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، އެކަން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި ނޭޝަނަލް ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. އިޤުތިޞާދީ ވުޒާރާއިން ނޮވެންބަރު 27 ގައި ކުރި އިޢުލާނަކާ ގުޅިގެން މި ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދަމުންނެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ރިޕޯޓުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ އިޤުތިޞާދީ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް މިފަދަ ކަންކަން ރިޕޯޓުކުރެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން