Ads by Stelco

ޚަބަރު

ހަތަރު މަސާޖުޕާލާއަކުން ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހަތަރު މަސާޖުޕާލާއަކުން ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މަސާޖުޕާލާއެއް ބަލާ ފާސްކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2025، 08:09

12 ޑިސެމްބަރު 2025، 08:09

ޤަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، އެ ތަންތާންގައި ޤަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުން ދިޔަ އިތުރު ހަތަރު މަސާޖު ޕާލަ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ޤަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ދަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާ މެދު އިޙުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި، ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަވެފައިވެއެވެ. އެ މީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން