Ads by Stelco

ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް، ވުޒާރާގެ ފަރާތުން ޚާއްޞަ ސަރވޭއެއް ކުރިއަށް ގެންދަނީ

ފަތުރުވެރިކަން ކުރިއެރުވުމަށް، ވުޒާރާގެ ފަރާތުން ޚާއްޞަ ސަރވޭއެއް ކުރިއަށް ގެންދަނީ

ފަތުރުވެރިކަމާ ބެހޭ ސަރވޭގެ ތެރެއިން.

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 05:36

15 ޑިސެމްބަރު 2025، 05:36

ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން މި މަހު ޚާއްޞަ ސަރވޭއެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

މި ސަރވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޑިސެންބަރު ހަތަރަކުން ފެށިގެން، ޑީސެންބަރު ހަތާވީހާ ހަމައަށް ކަމަށް އެ ވުޒާރާއިން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ވެއެވެ.

މި ސަރވޭ އަކީ "ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް"ގެ ނަމުގައި މުހިންމު ތަފާސްޙިސާބުތައް އެއްކުރުމުގެ ގޮތުން ރާވާފައިވާ ސަރވޭއެކެވެ. މި ސަރވޭގެ އެހީގައި، މިހާރު ޤާއިމުކޮށްފައިވާ ޤަވާޢިދުތަކާއި އުޞޫލުތަށް ވަރުގަދަވެގެން ދާނެއެވެ. މީގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ރާއްޖޭގައި މުޖުތަމަޢަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގައި ރައްޔިތުންނަށް ކޮށްދެވޭ ކަންކަން ރަނގަޅުވެގެން ދާނެކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވއެވެ.

މި ސަރވޭގެ ޒަރީޢާއިން، ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭނެކަމުގެ ޔަޤީންކަން ވެސް ވުޒާރާއިން ވަނީ ދީފައެވެ.

މި ސަރވޭގެ ދަށުން، ސުވާލުތައް ކުރުމަށް އިސްކަމަށް ދޭނީ ގެސްޓްހައުސް އޮޕަރޭޓްކުރާ ފަރާތްތަކާއި، ދިވެހި ރައްޔިތުންނާއި، އަދި ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރީންނަށެވެ.

މި ސަރވޭ މެދުވެރިކޮށް ތަފާސްޙިސާބުތައް އެއްކުރުމަށް ހަމަޖެހިފައިވަނީ: ހުޅުމާލެ، ކ. ދިއްފުށި، ކ. މާފުށި، އއ. .ތޮއްޑޫ، އދ. ދިގުރަށް، ވ. ކެޔޮދޫ، ބ. ފުޅަދޫ އަދި ބ. ފެހެންދޫގައެވެ.

ވުޒާރާއިން ހާމަކުރާ ގޮތުގައި، ހުޅުމާލެ، މާފުށި އަދި ދިއްފުށީގައި މިހާރު ވަނީ ސަރވޭގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ފުރިހަމަކުރެވިފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450