Ads by Stelco

ޚަބަރު

ގއ. ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ %58 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ގއ. ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ %58 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 05:38

15 ޑިސެމްބަރު 2025، 05:38

ގއ. ކޫއްޑޫ ބަނދަރު ތަރައްޤީކުރުމުގެ %58 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢޫގެ ދަށުން ކުއޭ ފާރުގައި ގާ އެތުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 33،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 56،216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ އެހެންމެ، 89،516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 78.37 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދައުލަތުން  އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން