ކޮލަމް

ކިޔުކަމްބަރ މިއީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއްނޫން!

ކިޔުކަމްބަރ މިއީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއްނޫން!

ކިޔުކަމްބަރ މިއީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއްނޫން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2025، 02:13

16 ޑިސެމްބަރު 2025، 02:13

ކިޔުކަމްބަރގެ އަސްލު ނިސްބަތްވަނީ އިންޑިއާއަށެވެ. އެއަށްފަހު އެއީ ގްރީސް، އިޓަލީ، އަދި 1960ގެ އަހަރުތަކުގައި އެމެރިކާއަށް ފެތުރިގެން ދިޔައެވެ. ކިޔުކަމްބަރއަކީ ސްކޮޝް، ވައްތަރާއި، އެހެނިހެން ތަކެއްޗާއެކު  ކުކްރުބިޓޭސީ އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ.

 އާންމުކޮށް މީހުން ކިޔުކަމްބަރ ބަލަނީ ތަރުކާރީއެއްގެ ގޮތުގައެވެ. ނަމަވެސް ހަޤީޤަތުގައި އެއީ މޭވާއެކެވެ. އެއީ އޭގައި އޮށް ހުންނާތީއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ ކިޔުކަމްބަރގެ އެތައް ވައްތަރެއް ހުންނަކަމެވެ. އެންމެ މަޝްހޫރު ވައްތަރުތަކުގެ ތެރޭގައި އިނގިރޭސި ކިޔުކަމްބަރ ހިމެނެއެވެ. އެއީ ދިގު، ގަދަފެހި ތޮށިގަނޑެއް ހުންނަ އެއްޗެކެވެ. ފާރިސީ ކިއުކަމްބަރ އިނގިރޭސި ކިޔުކަމްބަރއަށްވުރެ ކުރެވެ. ޕިކްލިންގ ކިޔުކަމްބަރަކީ އެހެން ވައްތަރުތަކަށްވުރެ ކުޑަ އެއްޗެކެވެ.

ކިޔުކަމްބަރގެ ފައިދާތައް

 ކިޔުކަމްބަރގައި ހަށިގަނޑުގެ ޞިއްޙަތަށް މުހިންމު ގިނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި:-

ހަށިގަނޑަށް ފެން ފޯރުކޮށްދިނުން:

 ކިޔުކަމްބަރ އަކީ ހޫނު މޫސުމުގައި ނުވަތަ ކަސްރަތު ކުރުމުގެ ތެރޭގައި އަދި އެއަށްފަހު ހަށިގަނޑަށް ކުރިމަތިވާ ޑީހައިޑްރޭޝަންގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ. އަދި ފެނަށް ރަހަ ގެނައުމަށްޓަކައި ވެސް ކިޔުކަމްބަރ ބޭނުންކުރެވިދާނެއެވެ. ފެނަކީ ގޮހޮރުގެ ޞިއްޙަތު ރަނގަޅުކޮށް، ބަނޑުހަރުވުމުގެ ނުރައްކާ ކުޑަކޮށް، ގުރުދާގައި ހިލައުފެދުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.

ކަށިތަކުގެ ޞިއްޙަތު ރައްކާތެރިކުރުން:

 ކިޔުކަމްބަރ އަކީ ވިޓަމިން ކޭ ގެ ރަނގަޅު މަސްދަރެކެވެ. ވިޓަމިން ކޭ އަކީ ކަށިތަކުގެ ޞިއްޙަތަށް މުހިންމު އެއްޗެކެވެ. އެއީ ކެލްސިއަމް ހަށިގަނޑަށް ނެގުން ރަނގަޅުކޮށްދޭތީއެވެ. 

ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރުން:

ކިޔުކަމްބަރގައި ކެންސަރުގެ ސެލްތައް ފެތުރުމާއި ދިރިހުރުން މަދުކޮށްދޭ މާއްދާތަކެއް އެކުލެވިގެންވެއެވެ. މި މާއްދާތަކަށް ކިޔަނީ ކުކުރްބިޓޭސިން  އެވެ. ނަމަވެސް އޭގެ އަސަރު ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ. 

ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތު ރައްކާތެރިކުރުން:

 ކިޔުކަމްބަރގައި ހިމެނޭ ފައިބަރ އަކީ ލޭހޮޅިތަކުގައި ކޮލެސްޓްރޯލް ޖަމާވުން މަދުކޮށްދޭ އެއްޗެކެވެ. މިއީ ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުކުރާ ކަމެކެވެ. އަދި ކިޔުކަމްބަރގައި ހިމެނޭ ކުކުރްބިޓޭސިން އަކީ ލޭހޮޅިތައް ހަރުވުމުގެ (އެތެރޯސްކްލެރޯސިސް) ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކިޔުކަމްބަރގައި ހިމެނޭ ޕޮޓޭސިއަމް އާއި މެގްނީޒިއަމް އަކީ ހިތާއި ލޭހޮޅިތަކުގެ ޞިއްޙަަތަށް މުހިންމު ދެ މާއްދާއެވެ. 

ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ނުރައްކާ ކުޑަކުރުން:

 ކިޔުކަމްބަރ އަކީ ލޭގައި ހަކުރުގެ މިންވަރު މަތިވުން މަދުކޮށްދޭ އެއްޗެކެވެ. މިއީ ޑައިބެޓީސް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. އަދި އޭގައި ހުންނަނީ ދަށް ގްލައިސެމިކް އިންޑެކްސް އެއް ކަމުން 

  ލޭގައި ހަކުރުގެ މިންވަރަށް ބޮޑު އަސަރެއް ނުކޮށް ހަށިގަނޑަށް ބޭނުންވާ ކާނާގެ މާއްދާތައް ފޯރުކޮށްދެއެވެ. 

މީގެ އިތުރުން އެއް ދިރާސާއަކުން ދައްކާ ގޮތުގައި ކިޔުކަމްބަރގައި ހިމެނޭ ކުކުރްބިޓޭސިން އަކީ އިންސޫލިން ދޫކުރުން ހަލުވިކޮށް، ލޭގައި ހަކުރުގެ މިންވަރު ދަށްކުރާ އެންޒައިމެއްގެ މެޓަބޮލިޒަމްއަށް އަސަރުކުރާ އެއްޗެކެވެ. ހަމުގެ ދުޅަހެޔޮކަން އިތުރުކުރުން:

 ކިޔުކަމްބަރ އަކީ ހަމުގެ ދުޅަހެޔޮކަން އިތުރުކުރާ އެއްޗެކެވެ. އަދި ހަމުގައި އުފެދޭ ދުޅަތަކާއި، ހިމަގޮނޑުތައް، ނުވަތަ އިންފްލެމޭޝަން ފިނިކޮށް، ހަމަޖައްސައިދިނުމަށް އެހީވެދެއެވެ. 

ބަރުދަން ލުއިކުރުމަށް އެހީވުން:

 ކިޔުކަމްބަރގައި ކެލޮރީ މަދެވެ. އެހެންކަމުން ބަރުދަން އިތުރުވުމަކާ ނުލައި ގިނަ ޢަދަދަކަށް ކިއުކަމްބަރ ކެވިދާނެއެވެ. އަދި އޭގައި ފެން ގިނަ ޢަދަދަކަށް ހިމެނޭތީ، ބަރުދަން ލުއިކުރުމަށް އެހީވެދެއެވެ.

ފްރީ ރެޑިކަލްސްގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުން:

ކިއުކަމްބަރގައި އެންޓިއޮކްސިޑެންޓްސް ގިނަ ޢަދަދަކަށް ހިމެނެއެވެ. މިއީ ފްރީ ރެޑިކަލްސް ގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގައި ފްރީ ރެޑިކަލްސް ޖަމާވުމަކީ ހިތުގެ ބަލިތައް، ކެންސަރު، ފުއްޕާމޭގެ ބަލިތައް، އަދި އޮޓޯއިމިއުން ބަލިތައް ފަދަ ދާއިމީ ގެއްލުންތައް ލިބިދާނެ ކަމެކެވެ.

މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކިޔުކަމްބަރ އަކީ އާންމުކޮށް ދިވެހި ސުފުރާތަކުން ފެންނަ އެއްޗެކެވެ. އާންމުކޮށް ކެއުމުގައި ބޭނުންކުރުމަކީ ކިޔުކަމްބަރ އަކީ ރަނގަޅު ބާވަތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން