ޚަބަރު
އޭދަފުށީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް
އޭދަފުށީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން.
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގެ ފަތާ ސަރަޙައްދު ތަރައްްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، މި މަޝްރޫޢު އަވަސް މުސްތަޤުބަލެއްގައި ނިންމުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭދަފުށީގެ ފަތާ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢު އެ ރަށު ކައުންސިލުން އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ މި އަހަރުގެ މެއި މަހު ތެރޭގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީއެވެ. އަދި އޭދަފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް މުޙައްމަދު ފާތިޙެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި: ފަތާ ސަރަޙައްދެއް ތަރައްގީ ކުރުމަށްޓަކައި ފަޅު ތެރެއިން 15,914 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނިގެންވެއެވެ.
4.63 މިލިޔަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ، 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢު ނިމިގެން ދިޔުމާ އެކު އޭދަފުށީ ރައްޔިތުންނަށް ރައްކާތެރި ފަތާ ސަރަޙައްދެއް ލިބިގެންދާނެއެވެ. މި މަޝްރޫޢު ވެގެންދާނީ އެ ރަށުގެ ކުޅިވަރުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް އެ ރަށު މީހުން ދެކެއެވެ.
Project Update: Design and Build of B. Eydhafushi Harbor Construction Works
— MTCC Plc (@MTCCPlc) December 17, 2025
Quay wall line dredging operations are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/9bYvIO4dK8