ވިޔަފާރި
ސްރީލަންކަންގެ އޮޕަރޭޝަން އައު ޓަރމިނަލަށް ބަދަލުކޮށްފި
ސްރީލަންކަންގެ އޮޕަރޭޝަންތައް އައު ޓަރމިނަލުން ފެށުން / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
17 ޑިސެމްބަރު 2025، 07:31
17 ޑިސެމްބަރު 2025، 07:31
ސްރީލަންކަން އެއާރލައިންސްގެ އޮޕަރޭޝަންތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާރމިނަލް، ޓާމިނަލް 1އަށް ބަދަލުކޮށްފިއެވެ.
މިކަމާ ގުޅިގެން ވީއައިއޭގެ ޓާމިނަލް 1ގައި މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ރިޒްވީ ޙަސަންއެވެ.
ރަސްމިއްޔާތުގައި ސްރީލަންކަން އެއާރލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައު ޓާރމިނަލުން ސްރީލަންކަން އެއާލައިންސްއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައެވެ.
ސްރީލަންކަންގެ އޮޕަރޭޝަންތައް އައު ޓަރމިނަލުން ފެށުން / ފޮޓޯ: އެމްއޭސީއެލް
ސްރީލަންކަން އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ސެޕްޓެންބަރު 1979 އެވެ.
ސްރީލަންކަން އެއާލައިންސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 33 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.