ކުޅިވަރު
ހެމިލްޓަން އަކުއާޓިކްސްގައި ރާއްޖޭގެ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފި
އަންހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އައުކުރި ސާރާ މުޙައްމަދު /
ފަރުދުން
17 ޑިސެމްބަރު 2025، 07:53
17 ޑިސެމްބަރު 2025، 07:53
ހެމިލްޓަން އަކުއާޓިކްސްގައި ރާއްޖޭގެ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.
ދުބާއީގައި ކުރިޔަށްދާ މި އިވެންޓުގައި މި ރެކޯޑު އައުކޮށްފައި ވަނީ ޒުވާން ފެތުންތެރިޔާ، ސާރާ މުޙައްމަދުއެވެ. ސާރާ މި ރެކޯޑު އައުކުރީ 02:56.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަހްމަދެވެ. އެއީ 2024 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްސްގައި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު 03:00.53 އިން ނިންމައިގެންނެވެ.
ސާރާ އަކީ އެންމެ ފަހުން ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ޤައުމީ ފެތުންތެރިޔާ ވެސް މެއެވެ.