ކުޅިވަރު

އިނގިރޭސި ލީގު: އެވަޓަން ބަލިކޮށް، ގެއްލުނު ލީޑު އާސެނަލްއިން އަނބުރާ ހޯދައިފި

އިނގިރޭސި ލީގު: އެވަޓަން ބަލިކޮށް، ގެއްލުނު ލީޑު އާސެނަލްއިން އަނބުރާ ހޯދައިފި

އެވަޓަން ކޮޅަށް ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ޔޮކެރޭޒް އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޑިސެމްބަރު 2025، 09:27

21 ޑިސެމްބަރު 2025، 09:27

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓަރ ސިޓީއިން ވެސްޓް ހޭމް ޔުނައިޓެޑު ބަލިކޮށް، ލީގުގެ އެއްވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނަގާފައި ވަނިކޮށް، އޭގެ ފަހުން އާސެނަލްއިން އެވަޓަންގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައި، ލީގުގެ އެއްވަނައިގައި އެ ޓީމުގެ މަޤާމު ދަމަހައްޓައިފިއެވެ. 

ވެސްޓް ހޭމް ބަލިކޮށް ސިޓީއިން 37 ޕޮއިންޓާއެކު ރޭ ލީގުގެ އެއްވަނައަށް އެރީ ވަރަށް ގިނަ ދުވަސްތަކަކަށްފަހުއެވެ. އެހެންކަމުން އެކަންވީ އާސެނަލްއަށް ބޮޑު ނުތަވަނަސްކަމަކަށެވެ. އަދި އެކަން ބަދަލުކުރުމަށް އެ ޓީމަށް ޖެހުނީ ކޮންމެހެންވެސް އެވަޓަން ބަލިކުރާށެވެ. 

އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފައި ވަނީ ޕެނަލްޓީއަކުންނެވެ. މި ގޯލު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަރ ޔޮކެރޭޒްއެވެ.

އޭގެ ފަހުން ވެސް އާސެނަލް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް އުފައްދާފައެވެ. އެގޮތުން ލިސާންޑްރޯ ޓޮރަސަޑް އާއި މާޓިން ޒުބިމެންޑީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިއާއެކު އެ ޓީމަށް މިހާރު 39 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ސިޓީއާ ދެމެދުގައި ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ލީގުގެ މިހާހިސާބަށް އައިއިރު މީގެ ކުރިން 4 ސީޒަނެއްގައި އާސެނަލް ތާވަލުގެ އެއްވަނައިން ޖާގަ ހޯދާފައިވެއެވެ. އެއީ 2002/03، 2007/08، 2022/23 އަދި 2023/24 ސީޒަންގައެވެ. ނަމަވެސް ހިތާމައަކީ މިތަނުން އެއްވެސް ސީޒަނެއްގައި އެ ޓީމަށް ލީގު ކާމިޔާބުކުރެވިފައި ނުވުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން