Ads by Stelco

ޚަބަރު

މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފުލުހުންގެ ލޯންޗެއް/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ޑިސެމްބަރު 2025، 12:54

21 ޑިސެމްބަރު 2025، 12:54

ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ޑިސެންބަރު 21 (މިއަދު) ހެނދުނު 10:17 އެހާކަންހާއިރު ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މިކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ. ހަމަ އެހެންމެ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި ޙާދިސާގެ މަޢުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން