ޚަބަރު
ހއ. ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ %94 މަސައްކަތް އެމްޓީސީސީން ނިންމާލައިފި
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ހއ. ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ %94 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ވިދާޅުވީ، ދިއްދޫ ބަނދަރު ތަރައްޤީކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީގެ ސްޓަރިން އަދި ބާ ބެންޑިންގެ މަސައްކަތް ކަމަށެވެ.
Project Update: Construction of Ha. Dhihdhoo Harbor Extension and Jetty
— MTCC Plc (@MTCCPlc) December 21, 2025
Jetty shuttering and bar bending works are ongoing. Overall project progress is 94%.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/tcLWkM9P4G
މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 6،858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މިއީ 75.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދައުލަތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.