ޚަބަރު
އެކްސެލް އިންޓަރނޭޝަލް ސްކޫލުގެ 161 ދަރިވަރުން ދަސްވެނިވެއްޖެ
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް
އެކްސެލް އިންޓަރނޭޝަލް ސްކޫލުގެ 161 ދަރިވަރުން ދަސްވެނިވުމުގެ ޙަފްލާ މިއަދު ހެނދުނު ބާއްވައިފި އެވެ.
މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ޙަފްލާގައި އެކްސެލް އިންޓަނޭޝަލް ސްކޫލުން ދަސްވެނިވި 161 ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މިއަދުގެ ޙަފްލާގައި ސެޓްފިކެޓް ދީފައި ވަނީ އެ ސްކޫލުގެ އެސް.ކޭ.ޖީ. ނިންމި ދަރިވަރުންނަށެވެ. މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ތުއްތު ކުދިންނަށް ތަޢުލީމު ދޭން ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އެގޮތުން، މިހާތަނަށް މި ސްކޫލުން ޖުމްލަ 8،000 ދަރިވަރުން ކިޔަވާފައިވާކަމަށް އެ ސްކޫލުން މައުލޫމާތުދޭއިރު، މި ސްކޫލުން ކިޔަވައިދެނީ ޕްރީސުކޫލް ނިމުމާއި ހަމައަށެވެ.
މި ވަޤުތުވެސް އެކްސެލް އިންޓަނޭޝަނަލް ސްކޫލްގައި 1013 ދަރިވަރުން ދަނީ ކިޔަވަމުންދާކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ.