ޚަބަރު
"ޑޮމެސްޓިކް ވަޔަލެންސް" އަދި "ޖެންޑަރ ބޭސްޑް ވަޔަލެންސް" ޝެލްޓަރ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލެ ކުރެހުމެއް/ފޮޓޯ: ވުޒާރާ
ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ "ޑޮމެސްޓިކް ވަޔަލެންސް" އަދި "ޖެންޑަރ ބޭސްޑް ވަޔަލެންސް" ޝެލްޓަރ ޑީ.ވީ/ޖީ.ބީ.ވީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި އެވެ.
މި މަޝްރޫޢަކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގަމުންދާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ކުރިއަށްގެންދިިއުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޑީ.ވީ/ޖީ.ބީ.ވީ ޝެލްޓަރ އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރަޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަަމަށެވެ. އެގޮތުން، ބީލަން ކުރިއަށްގެންދާނީ އެ ވުޒާރާއާއި، އިމާރާތްކުރުމާ ބިނާރާބެހޭ ވުޒާރާއާއި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" އާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވިދާޅުވިއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަޝްރޫޢަކީ، އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށާއި، މި ބީލަމުގައި ބައިވެރިވުމަށް ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެކަމަށެވެ. އޭގެ ތެރޭގައި، ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 50 މިލިއަން ދިވެހި ރުފިޔާލިބިފައިވުމާއި، ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން، އަދި މަސައްކަތުގެ އަގު މަދުވެގެން 19 މިލިއަން ދިވެހި ރުފިޔާ ކަމުގައިވުން ހިމެނެއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.