ކުޅިވަރު
ސްޕޯޓްސް ސްކޮލަރޝިޕަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ސްޕޯޓްސް ސްކޮލަރޝިޕަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ސޮއިކުރުން / ފޮޓޯ: ބީއެމްއެލް
ފަރުދުން
21 ޑިސެމްބަރު 2025، 07:29
21 ޑިސެމްބަރު 2025، 07:29
ސްޕޯޓްސް ސްކޮލަރޝިޕަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ސޮއިކޮށްފިއެވެ.
މިއީ އެތުލީޓުންގެ ހުނަރު އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ވިދިވިދިގެން ސްކޮލަރޝިޕްގެ އެހީތެރިކަން ފޯރުކޮށްދޭ ތިންވަނަ އަހަރެވެ.
މި ސްކޮލަރޝިޕްގައި ފޮނުވާ އެތުލީޓުން ހޮވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމްއޯއީސީއިންކަމަށް އެ ކޮމެޓީއިން ވަނީ ހާމަކޮށްފައެވެ. އެ ކޮމެޓީއިން ބުނީ، ނޮމިނޭޓްކުރުމަށް ހުޅުވާލާނީ އެމްއޯސީގެ މެންބަރު ޤައުމުތަކަށް ކަމަށެވެ. އަދި ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައިޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްޕޯޓްސް ސްކޮލަރޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުގެ ރަމްޒެއްކަމަށެވެ. އަދި މި ސްކޮލަރޝިޕް ދިނުމަށް އެމްއޯސީއާއެކު އެއްބަސްވުމުން، ރާއްޖޭގެ އެންމެ ރަނގަޅު އަދި އުންމީދީ ހުނަރު ކުރިއެރުވުމަށް މި ސްކޮލަރޝިޕް މެދުވެރިކޮށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި އެތުލީޓުންނަށް މިއަދު މި ކުރެވޭ އިންވެސްޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވޭ ދޮރެއް.
މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ބޭންކާއި ގުޅިގެން ހިންގާ މި އިންވެސްޓްމެންޓުން އެތުލީޓުންގެ ހުނަރު ތަރައްޤީކޮށް އާ ފުރުސަތުތައް ހޯދައިދީ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގައި ކާމިޔާބީ ހޯދުމަށް އެހީއަކަށް ވާނޭކަމަށެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ދޭން ފެށިފަހުން މިހާތަނަށް 8 އެތުލީޓެއްގެ ޓްރެއިނިންގ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.